ތަކުރާރުކޮށް ހުޅުމާލޭ ހޮސްޕިޓަލުން ވައްކަން ކުރަމުން އައި މީހަކު ހައްޔަރުކޮށްފި އެވެ.
މިކަމާ ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިދިޔަ މަހުގެގ 29 ގައި ހައްޔަރުކޮށްފައި ވަނީ މއ. ވިނަރެސް/ މާލެ، ޙުސައިން ޝިހާމް، 40، އެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކޮށް، ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރި އިރު، ހުޅުމާލެ ހޮސްޕިޓަލުން ވަގަށްނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނެ އެވެ.
މި މައްސަލައާ ގުޅިގެން ޝިހާމްގެ ބަންދަށް ކްރިމިނަލް ކޯޓުން 7 ދުވަސް ޖަހާފައިވާ އިރު، މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.