Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ރޯހިތުގެ ދަރިފުޅު ވެސް ބޮލީވުޑަށް

ސުބާން އަދި ކިއާރާ.

އިންޑިއާގެ އެކްޓަރު ރޯހިތު ރޯއިގެ ދަރިފުޅު ކިއާރާ ބޯސް ރޯއީ ބޮލީވުޑަށް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިދިޔަ އަހަރު އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވި ކިއާރާ ބޮލީވުޑަށް ނެރެން ނިންމާފައި ވަނީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދޮށީ ދަރިފުޅު ސުބާން ނަތިއަދުވާލާ ވެސް ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމުން ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ އެ ރޮމޭންޓިކް އެކްޝަން ފިލްމުގެ ނަމަކީ 'އެއިސީ ދިވާންގީ' އެވެ. މިއީ ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ ފިލްމެކެވެ. ޝިޝާން އަކީ ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ އާއި 'ބަރްދީނާތު ކީ ދުލްހަނިޔާ' ގެ އިތުރުން 'ދަޅަކް' އަދި 'ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ' ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަ މިހާތަނަށް ޑައިރެކްޓްކުރި ހުރި ފިލްމުތަކަކީ ވެސް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ހެދި ފިލްމުތައް ނަމަވެސް 'އެއިސީ ދިވާންގީ' އެ ސްޓޫޑިއޯގެ ބޭރުން ޝިޝާންކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

މީގެ ބަތަލާއަކަށް ނެގި ކިއާރާގެ ބައްޕަ ރޯހިތު އަކީ ބަޖާޖްގެ ނަމުން މަޝްހޫރު އެކްޓަރު ރޯނިތުގެ ރޯއިގެ ކޮއްކޮ އެވެ. ބައްޕައާ އެއްގޮތަށް ކިއާރާގެ މަންމަ މާންސީ ޖޯޝީ އަކީ ވެސް އެކްޓަރެކެވެ. އޭނަ ވަރަށް ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

ކިއާރާ އަކީ ރޯހިތާއި މާންސީގެ ހަމައެކަނި ދަރިފުޅެވެ.