Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

އައްޑޫން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ފެނަކައިން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ ޕަވާ ހައުސް ޑައުންވެފައިވާ ކަމަށެވެ. އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިވަގުތު ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

މި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.