Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އެމްޑީޕީން މިހާރު ވެސް އާޒިމަށް ނޫނެކޭ ބުނެފި: ޔާމީން

ކޮރަޕްޝަނާ ދެކޮޅުނަމަ އެމްޑީޕީގެ އާންމު މެމްބަރުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމަށް ނޫނެކޭ ބުނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއަކީ އަދި އެމްޑީޕީގެ އާންމު މެމްބަރުން ކޮރަޕްޓު މީހުންނާއި ކޮރަޕްޝަނަށް ނަފްރަތު ކުރާނެ ކަމަށާއި އެއީ އެމްޑީޕީގެ އާންމު ވިސްނުން ކަމަށެވެ. އަދި ވަކި ހިސާބަކުން އެމްޑީޕީގެ ލޭބަލް ޖެހުނު ނަމަވެސް އާޒިމަކީ އެމްޑީޕީގެ މީހެއް ކަމަށް އެ ޕާޓީގެ އާންމު މެމްބަރުން ގަބޫލުނުކުރާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"އެމްޑީޕީގެ އާންމު މެމްބަރުން ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނާކަމަށްވާނަމަ އެމީހުން އެ އޮތީ ގޮތް ނިންމާފަ، އާދަމް އާޒިމަށް ނޫނެކޭ ބުނެފައި އެ އޮތީ. އެހެން ނޫނީއްޔާ ދައްކާ ވާހަކައަކާއި އަމަލަކާއި ދިމަލެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.

އާޒިމަކީ މާލޭގެ މޭޔަރު ކަމަށް ޗޮއިސެއް ނޫން ކަމަށާއި ސަރުކާރުގެ ހުރިހާ މަޝްރޫއުތަކެއް އާޒިމް އާއި އޭނާގެ ބޭބެގެ ކުންފުންޏަށް ދެމުންދާއިރު ވެސް އާޒިމަކީ ގާބިލު މީހެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި މޭޔަރު އާޒިމާއި ދެކޮޅަށް ޕީއެންސީން ނިކުންނަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު އާއި ޔާމީންގެ ތާއީދާއެކު އަމިއްލަގޮތުން ނިކުންނަ އިސްމާއިލް ޒަރިޔަންދު އެވެ.