Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކުޅުދުއްފުށީގައި ބަނދަރު އޮފީހެއް ހުޅުވަނީ

ކުޅުދުއްފުށީގެ ބަނދަރު ބެލެހެއްޓުމުގެ މަސައްކަތްތަކަށް ހާއްސަކޮށް އޮފީހެއް ހުޅުވަން ތައްޔާރުކޮށްފި އެވެ.

މިކަމަށް ހާއްސަކޮށްގެން ސިޓީ ކައުންސިލުން ބަނދަރުމަތީގައި ހެދި އޮފީސް އިމާރާތުގެ މަސައްކަތް ވެސް މިހާރު ހުރީ ނިމިފަ އެވެ. ކައުންސިލުން ބުނީ ކުޅުދުއްފުށީ ބަނދަރީ އޮފީހަ އަކީ ބަނދަރުގެ ކަންކަން ހަރުދަނާކޮށް، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހުޅުވާ ތަނެއް ކަމަށެވެ.

އެގޮތުން ހަދާފައިވާ އޮފީހަކީ ބަނދަރު ސަރަހައްދު މޮނިޓަ ކުރުމަށް އޯޕަން ޓެރަސްއަކާއި، ބަނދަރުންދޭ ޚިދުމަތްތަކާގުޅޭ އާލާތްތައް ރައްކާކުރެވޭނެ ގުދަނަކާއި، ބަނދަރު ބަލަހައްޓާ މުވައްޒަފުންނަށް ބޭނުންވާ އޮފީސް ޖާގަ އާއި، ޚިދުމަތް ދެވޭނެ ކައުންޓަރަކާއި، އާންމުންނަށް ވެސް ބޭނުން ކުރެވޭނެ ފާޚާނާގެ ޚިދުމަތާއެކު ގާއިމުކޮށްފައިވާ ތަނެއް ކަމަށެވެ.

ކުޅުދުއްފުއްޓަކީ އެ އަތޮޅުގެ އެހެން ރަށްތަކާއި އަދި ކައިރި އެހެން އަތޮޅުތަކުގެ ގިނަ ރަށްރަށުން އެކި ބޭނުންތަކުގައި ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެވެ. އެގޮތުން އެ ސިޓީގައި ކޮންމެ ހޮނިހިރު ދުވަހެއްގައި ބާއްވާ ހޮނިހިރު ބާޒާރަކީ އަތޮޅުގެ އެކި ރަށްރަށުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކަން ގިނަ ބަޔަކު ޒިޔާރަތްކުރާ ބާޒާރެކެވެ.