Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރޯވި ސްކޫލްގައި ކިޔެވުން ނުހުއްޓި ކުރިއަށް ގެންދެވޭނެ

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޯވި ނަމަވެސް އެ ސްކޫލުގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސާނެކަމަށް އެޑިކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއް ޖެއެވެ.

ވިލިގިނލީގައި ހުންނަ ސްކޫލްގައި ރޯވެ ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. އެ ހާދިސާ ހިނގީ ގީ ރޭ ދަންވަރު 12:30 ހާއިރުއެވެ. ސްކޫލްގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ މެންދަމު 2:00 ގަ އެވެ.

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޯވި ހާދިސާއާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި މިއީ ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަމެވެ.

އެ ހާދިސާގައި ސްކޫލްގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފް ރޫމާއި، ޕްރިންޓިން ރޫމާއި އެއް ކުލާސްރޫމް ވަނީ އަނދައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިނަރީ އާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭ ނެފަދަ ގޮތަށް އިސްކޫލުގެ ކަންކަން އިންތިޒާމުކޮށް ދެއްވާނެ ކަމަށެވެ.

"މި ފުރުސަތުގައި، އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް އިންތިހާއަށް ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް، އަލިފާން ނިއްވުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް، އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ޝުކުރު ދަންނަވަން." ޝަފީއު ވިދާޅުވި އެވެ.