ރ. އަލިފުށީ ގެއެެއްގައި ރޯވެއްޖެ އެވެ.
މިއަދު ހަވީރު ރޯވެފައި ވަނީ އަލިފުށީ އައިރިސްގޭގަ އެވެ. މި ހާދިަސާއާ ގުޅިގެން އާންމުންނާއި ފުލުހުން ވެސް ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ އިރު، ނައިފަރު ފަޔަ ސްޓޭޝަނުން ވެސް ވަނީ އަލިފާން ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާގައި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ އެ ގޭގައި ދިރިއުޅެމުން އައި މީހުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް އަލިފުށީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
\އައިރިސްގޭގައި ރޯވި ހާދިސާގައި އެ ގެއާ އިންވެގެން ހުރި ގޭގެ ފާރަށް ވެސް ގެއްލުންވެފައިވެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.