Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޓެކްސީ ލައިންގެ ހިދުމަތް 7 ދުވަހަށް ހިލޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޭން ނިންމި ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އެޕްރީލް 2، 2026 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ޓެކްސީ ލައިންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި އީވީ ކާރު. މި ހިދުމަތް މާލެ ސަރަހައްދުގައި ފެށުމަށް ފަހު ދެން އެންމެ އަވަހަށް ފަށަން ނިންމާފައި ވަނީ އައްޑޫގައި.

ރޭ މާލޭގައި ލޯންޗްކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ތަޖުރިބާކޮށްލަން އާންމުންނަށް ހަތް ދުވަހަށް ހިލޭ ދަތުރު ކުރެވޭ ގޮތް ހަދައިފި އެވެ.

އެމްޓީސީސީން ބުނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރުގައި ދޭ ހިދުމަތް މިއަދުން ފެށިގެން 7 ދުވަހަށް ހިލޭ ބޭނުން ކުރެވޭނެ ކަމަށެވެ. އެހެންވެ ދަތުރުތައް ބުކްކުރަން 1655 އަށް ގުޅަން އެދިފައިވެ އެވެ.

ސައުވީސް ގަޑިއިރު ޚިދުމަތް ލި ބޭގޮތަށް ފެށި މި ޚިދުމަތުގައި، 150 އީވީ ބޭނުން ކުރާނެ އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު ވެސް ބޭނުން ކުރާނެ އެވެ.

ޓެކްސީގެ ހިދުމަތް އެންމެ ފުރަތަމަ މާލެ ސަރަހައްދުގައި ފެށި އިރު، މި އަހަރުގެ ތެރޭގައި މި ހިދުމަތް އައްޑޫގައި ވެސް ފަށަން ވަނީ ނިންމައިފަ އެވެ.

މި ހިދުމަތް ސަރުކާރުން ދެނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް ވެސް ދެމުން އަންނަ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.