އައްޑޫ ހިތަދު އާއި ފޭދޫގެ ޓޫރިޒަމް ޒޯންތަކުގެ ވަށާފާރު ރާނަން ބޭނުންވާ ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން ބުނީ ދެ އަވަށުގެ ޓޫރިޒަމް ޒޯންތަކުގެ ވަށާފާރު ފޭރު ރޭނުމަށް ސިމެންތި އާއި ދަގަނޑު ބޭނުންވާ ކަމަށެވެ. އެހެންވެ އެ ތަކެތި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 7 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ބީލަން ހުށަހަޅާ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް އަށް ފޮނުވައިގެންނެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކުގެ ތެރެއިން އެންމެ ބާރަށް މަސައްކަތްތައް ކުރިއަށް ދަނީ ހިތަދު އާއޮ ފޭދޫގެ ޓޫރިޒަމް ޒޯންގަ އެވެ. އެ ދެ އަވަށުގެ ޒޯންތަކުގައި ގެސްޓްހައުސްތަކާއި އެކަމާ ގުޅުން ހުރި އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް، ބިންތައް ނެގި އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.