Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެ

ވ. ފުލިދޫގައި އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 15:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާ އަށް އެރަށު ހެލްތު ސެންޓަރު ގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައިވާ ކަމަށެވެ. އެއީ އައްޑޫ ހިތަދު އަށް ނިސްބަތްވާ ހުސައިން ހަބީބް، 63، އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.