މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއް ތެރޭގައި ފަސް ފިރިހެނަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައި ތިއްބައި، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދި ބުނީ ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 06:35 ހާއިރު ކަމަށެވެ. ޚަބަރު ހުސްވެފައި ވަނިކޮށް ފެނިފައި ވަނީ ހަތަރު ބިދޭސީއަކާއި ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ. އެ އެންމެންނަކީ ވެސް ފިރިހެނުންނެވެ.
މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު، އިތުރު ތަފުސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ޚަބަރު ހުސްވެފައިވާ ބަޔަކު ފެނިފައި ވަނީ ހއ. އަތޮޅުގެ ބޯޓެއް ކަމަށްވާ ޑީއެމްއެމްއޭ އެކްސްޕްރެސް 5 އިންނެވެ.