Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ޑްރަގާ އެކު މާލެ އިިން 6 މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު 6 މީހަކު ހައްޔަރުކޮށްފި އެެވެ.

ހައްޔަރުކުރި މީހުންނަކީ:

* ދ. މީދޫ. ހަނީސީޒަން ، މުޙައްމަދު މާހިރު، 36،
* އައްޑޫ ހުޅުދޫ، ސޯސަން، ޢަލީ އީޝާދު، 32،
* މާލެ. ގ. ކަނދުމާގެއާގެ، އާހިލް ޢަލީ، 23،
* ތިނަދޫ ސިޓީ، ފައިވްރޯސް، ރިކްޒު އާދަމް، 23،
* ޅ. ހިންނަވަރު، ދުންތަރި، މުޙައްމަދު ސުހާން އަޙްމަދު، 39،
* ލ. ގަން، މުކުރިމަގު. މަތަރެސްމާގެ، ޢަބްދުލްމާޖިދު އިބްރާހީމް، 38،

ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކުރީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައިފާސްކޮށެވެ. އަދި އެ މީހުންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އީޝާދާއި، މާހިރާއި، މާޖިދާއި ސުހާން އަޙްމަދުގެ ބަންދަށް 15 ދުވަސް އަދި އާހިލް 12 ދުވަހަށް، ރިކްޒު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.