އައްޑުއާ ކައިރި ސަރަހައްދަކަށް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.
މެޓް އޮފީހުން ބުނީ ރިކްޓާ މިންގަނޑުން 5.3 ބާރު މިނުގައި އެ ބިންހެލުން އައިސްފައި ވަނީ މިޑް-އިންޑިއަން ރިޖް ސަރަހައްދަށް ކަމަށެވެ. އެއީ އައްޑުއާ 2،553 ކިލޯމީޓަރު ދުރުންނެވެ.
އެހެންވެ އެ ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެ އަށް ނެތް ކަމަށް މެޓް އޮފީހުން ބުންޏެވެ.