Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މިއަދުގެ އިންތިހާބުތައް: މިހާތަނަށް ވޯޓްލީ 14 ޕަސެންޓް މީހުން

މިއަދު ބާއްވާ ތިން އިންތިހާބުގައި ހެނދުނު 10:00 އާ ހަމައަށް ވޯޓްލީ މީހުންގެ ނިސްބަތަކީ 14 ޕަސެންޓް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިއަދު ބާއްވާ ތިން އިންތިހާބަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.

އީސީން ބުނީ މި އިންތިހާބުތަކަށް ހެނދުނު 10:00 އާ ހަމައަށް ވޯޓްލީ 41،162 މީހުން ކަމަށެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 13.96 ޕަސެންޓެވެ. ވޯޓްލީ މީހުންނަށް ބަލާ އިރު، މީގެ ތެރޭގައި ހިމެނެނީ 16،166 އަންހެނުންނާއި 24،996 ފިރިހެނުންނެވެ.

މި އިންތިހާބުތަކުގައި ވޯޓްލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވެ އެވެ. އެއީ 144،505 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

މި އިންތިހާބުތަކުގެ ވޯޓްލުން ހެނދުނު 8:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދަނާނެ އެވެ. ވޯޓުލާން ދާން ޖެހޭ ތަން (VR (Spac) ID umbr to 1414) އަށް އެސްއެމްއެސްކޮށްގެން ބެލޭނެ އެވެ.

މި އިންތިޚާބުތަކަށް އަތޮޅުތަކާއި ރިސޯޓްތަކާއި ޖަލު އަދި މާލޭ ސަރަހައްދު ހިމެނޭ ގޮތަށް އި ޖުމްލަ 588 ވޯޓު ބަހައްޓާފައިވެ އެވެ.