Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ވޯޓްލީ މީހުންގެ އަދަދު 62،000 އަށް

މިއަދު ބާއްވާ އިންތިހާބުތަކުގައި ވޯޓްލީ މީހުންގެ އަދަދު 62،000 އަށް އަރައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މެންދުރު 12:00 އާ ހަމައަށް ޖުމްލަ 62،083 މީހުން ވޯޓްލާފައިވާ ކަމަށެވެ. މިއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 21.05 ޕަސަންޓެވެ.

މިއަދު ކުރިއަށް ދަނީ ތިން އިންތިހާބެކެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެވެ.

މި އިންތިހާބުތަކުގައި ވޯޓްލުމުގެ ހައްގު ޖުމްލަ 294،876 މީހުންނަށް ލިބިގެންވެ އެވެ. އެއީ 144،505 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

އިންތިހާބުތަކުގެ ވޯޓްލުން ހެނދުނު 8:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދަނާނެ އެވެ.

މި އިންތިޚާބުތަކަށް އަތޮޅުތަކާއި ރިސޯޓްތަކާއި ޖަލު އަދި މާލޭ ސަރަހައްދު ހިމެނޭ ގޮތަށް ޖުމްލަ 588 ވޯޓު ބަހައްޓާފައިވެ އެވެ.