Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އާދީއްތަ، ހޯމަ ސަރުކާރު ބަންދުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--

މިއަދު ބޭއްވި އިންތިހާބުތަކާ ގުޅިގެން އަންނަ އާދީއްތަ ދުވަހާއި ހޯމަ ދުވަސް ބަންދުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އާދީއްތަ ދުވަސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ހަރަކާތްތެރިވާތީ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.

އަދި ހޯމަ ދުވަސް ބަންދުކުރަން ނިންމީ އިންތިހާބަށް ފަހު ވެސް، އިންތިހާބާ ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، އެ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދޭން އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަތުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއަދު ކުރިއަށް ގެންގޮސްފައިވަނީ ތިން އިންތިހާބެކެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަން ނެގި ވޯޓެވެ.