Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލެ ފޭސް ތިނެއްގެ އެކަމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 5:12 އެހާއިރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސްއިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. އެމްއެންޑީއެފުން އަންނަނީ އަލިފާން ކޮންޓްރޯލް ކުރުމަށާއި، އިތުރަށް އަލިފާން ފެތުރުނަ ނުދިނުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންނެވެ.

މި ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.