Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އައްޑޫގެ މޭޔަރު ކަމަށް ނިޒާރު، ޑަބްލިއުޑީސީގެ ރައީސާކަށް ހިޖޫ

އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ދެވަނަ ދައުރެއް އަލީ ނިޒާރު ހޯއްދެވިއިރު، އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ހިޖްރާ (ހިޖޫ) އިންތިހާބުވެވަޑައިގެންފި އެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އައްޑޫގެ މޭޔަރުކަމުގެ އިންތިހާބުގައި ތަފާތު ބޮޑުކޮށް ކުރީގައި އުޅުއްވަނީ ނިޒާރު އެވެ. ނިޒާރު އާއި މި އިންތިހާބުގައި އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުޝްރިފް އަލީ އެވެ.

އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހިޖޫ ވެސް އުޅުއްވަނީ ތަފާތު ބޮޑުކޮށް ކުރީގަ އެވެ. ހިޖޫއާ މި އިންތިހާބުގައި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އީނާ ނަސީރު އެވެ.

އިތުރު ތަފްސީލް އަންނަނީ