މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ހޯދައިފި އެވެ.
އައްޑޫގެ މޭޔަރު ކަމުގެ ދެވަނަ ދައުރެއް އަލީ ނިޒާރު ހޯއްދެވިއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އެންމެ ގޮނޑިއެއް ފިޔަވައި އައްޑޫ ކައުންސިލްގެ އެހެން ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. މިހާތަނަށް އައިއިރު ކަށަވަރު ނުވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ގޮނޑި އެވެ.
އަދި އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ހިޖްރާ (ހިޖޫ) ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.
އައްޑޫގެ އިތުރުން އެމްޑީޕީން ވަނީ އެހެން ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދާފަ އެވެ.