Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އެމްޑީޕީން ބޮޑުތަނުން ސަރުކާރު ބަލިކޮށްފި: ނަޝީދު

މިއަދު ބޭއްވި އިންތިހާބުގައި އެމްޑީޕީން ބޮޑުތަނުން ސަރުކާރު ބަލިކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއަދު ނެގި ވޯޓުގައި އެމްޑީޕީން ވަނީ ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށް ކާމިޔާބު ހޯދާފައި ކަމަށެވެ. އެގޮތުން ހުރިހާ ސިޓީއެއް، ގިނަ ރަށްރަށެއް އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އެމްޑީޕީން ވަނީ މާލެ އާއި އައްޑު އާއި ފުވައްމުލަށް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ކާމިޔާބުކޮށްފަ އެވެ. ތިނަދޫ ސިޓީގެ މޭޔަރު އިންތިހާބުގައި ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން މިއަދު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ވެސް ނަގައިފަ އެވެ. އެގޮތުން މިހާތަނަށް ލިބުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން ގިނަ ރައްޔިތުން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނެފަ އެވެ.