Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނެފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނުފެންނަ ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ބުނެފައިވާ ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ވަނީ ނަގައިފަ އެވެ.

މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، މިހާތަނަށް ގިނަ ބަޔަކު ވޯޓު ދީފައިވަނީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނުފެންނަ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ