ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ހޯސްޓްކުރާ ޝޯއެއް ޒީ2 އިން ޕްރީމިއާކޮށްފި އެވެ.
ޒީ ނެޓްވޯކްގެ ސްޓްރީމިން ޕްލެޓްފޯމުން އިއްޔެ ޕްރިމިއާކުރި ޝޯގެ ނަމަކީ "މޮމް ޓޯކްސް، މާ ކީ ބާތު: މާ ކޭ ޖަޒުބާތު" އެވެ.
ޒީއާ ގުޅިގެން ބްލެޓް މައިކްރޮޑްރާމާ އިން ގެނެސްދޭން ފެށި މި ޝޯ އަކީ އަލަށް މައިންނަށްވާ މީހުންނަށް ހާއްސަކޮށްގެން ގެނެސްދޭ ޝޯއެކެވެ. އެގޮތުން ޝޯގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާނީ ބަލިވެއިނުމާއި މަޔަކަށްވުމަށް ފަހު، އަންހެނެއްގެ ހަޔާތަށް އަންނަ ބަދަލުތަކާއި ދަރިން ބަލަން މި ޒަމާނުގައި ބޭނުން ކުރާ ތަފާތު އުކުޅުތަކާ ބެހޭ ގޮތުންނެވެ.
މައިންނަށް ހާއްސަ ޝޯއެއް ޕަރިނީތީ ހޯސްޓްކުރަން ފެށި އިރު، އޭނަ އަށް ވެސް މިދިޔަ އަހަރު ވަނީ ދަރިޔަކު ލިބިފަ އެވެ.
"މޮމް ޓޯކްސް" ގެނެސްދޭން ނިންމާފައި ވަނީ 9 އެޕިސޯޑް އެކުލެވޭ ގޮތަށެވެ. އެޕިސޯޑްތައް ޒީ5 އިން ގެނެސްދޭނީ ކޮންމެ ހޮނިހުރު ދުވަހެއްގަ އެވެ.
ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ "އަމަރު ސިންގް ޗަމްކީލާ" އެވެ. އޭނަގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ ނެޓްފްލިކްސް ގެނެސްދޭން ހަމަޖެހިފައިވާ ވެބް ސީރީޒް "ތަލާޝް: އަ މަދާސް ސާޗް" އެވެ.