Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ހޫނުގަދަ ދުވަސްތަކަކަށް ފަހު ވިއްސާރަ ވަނީ

މާދަމާ އިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ މެޓް އޮފީހުން ލަފާކޮށްފި އެވެ.

އެތަނުން މިއަދު ބުނީ ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ، އަދި ގުގުރުން އެކަށީގެންވާ ކަމަށާއި
މާދަމާ އާއި އަންގާރަ ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ވެސް ދެކުނަޑް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

މެޓް އޮފީހުން ބުނީ ދެކުނަށް ވިއްސާރަވި ނަމަވެސް ރާއްޖޭގެ އުތުރަށް ވިއްސާރަ ނުވާނެ ކަމަށެވެ. އެކަމަކު ހޫނު ހޫނު މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ.

މިދިޔަ މަހުން ފެށިގެން މި މަހުގެ މިހާތަނަށް އައި އިރު، ރާއްޖެ އަށް މިއީ ވަރަށް ހޫނު ގަދަ ދުވަސްވަރެކެވެ.