Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އާ ސީޕީ އަކީ އަހުމަދު މުހައްމަދު

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރެއްގެ މަގާމުގައި ހުންނެވި އަހްމަދު މުހައްމަދު އައްޔަންކޮށްފި އެވެ.

އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނަ އައްޔަން ކުރެއްވީ އެންމެ ފަހުން ސީޕީގެ މަގާމުގައި ހުންނެވިވި އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އޭގެ ފަހުން ވަގުތީ ގޮތުން ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

އަހުމަދަކީ މި ސަރުކާރު އައި ފަހުން ސީޕީގެ މަގާމަށް އައްޔަންކުރި ތިން ވަނަ ބޭފުޅެވެ. އެންމެ ފުރަތަމަ އެ މަގާމަށް އައްޔަންކުރި އަލީ ޝުޖާއު ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރިޓަޔާކުރައްވައިފަ އެވެ.

ސީޕީގެ މަގާމަށް އަލަޑް އައްޔަންކުރި އަހްދަކީ 1995 އިން ފެށިގެން ފުލުހުންގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާގެ އިސް މަގާމުތަކެއް އޭނަ މިހާތަނަށް ފުރުއްވާފައިވެ އެވެ.

އަހުމަދަކީ އިންޑިއާގެ ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނަރުންނަށް ދޭ ބޭސިކް ޓްރޭނިން ކޯސް ހިމެނޭހެން، ސީނިއާ އޮފިސަރުންގެ ތަމްރީނުތައް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ އަކީ ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އަދި ބެޗްލާ އޮފް ޝަރީއާ (އޮނާސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.