Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރޯވި ސްކޫލަށް ބޭނުންވާ ތަކެތި ފޮނުވައިފި

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް ފޮނުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ މަރުކަޒުގެ ކިޔަވައިދިނުން މެދުކެނޑުނަނު ދީ ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީން ވަނީ 36 ގަޑިއިރުގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ މުހިންމު ތަކެތި ހަމަޖައްސައިދީފައި އެވެ. އެގޮތުން، 10 ކޮމްޕިއުޓަރު ސިސްޓަމާއި، ތިން ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް އެއާ ސްކޫލަށް ފޮނުވާފައިވެ އެވެ.

ގއ. އޭއީސީން ބުނީ، އަންނަ އަންގާރަ ދުވަހުގެ ކިޔެވުން އާންމު ހާލަތުގައި ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން މިނިސްޓްރީން ދީފައިވާ ކަމަށެވެ.

އޭސީއެއްގައި ރޯވެ ހިނގި ހާދިސާއާ ގުޅިގެން އެ ސްކޫލުގެ އެއް ބްލޮކެއްގައި ހުރި ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި ޕްރިންޓިން ރޫމުގެ އިތުރުން އެއް ކިލާސްރޫމް ވަނީ އަނދައިގެން ގޮސްފަ އެވެ.