Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގަންނަވަނީ

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.

ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއް މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.