Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

މި އަހަރު ހައްޖާޖީން ފުރާ ތާރީހުތައް ކަނޑައަޅައިފި

މި އަހަރު ރާއްޖެ އިން ޙައްޖަށްދާ މީހުން ފުރާ ތާރީޚުތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޙައްޖާޖީން ސައުދީ އަރަބިއްޔާ ގެންދަން 4 ފްލައިޓް ބާއްވާނެ އެވެ.

ހައްޖާޖީން ފުރުމަށް ހަމަޖެހިފަވާ ތާރީޚުތައް:

* ފްލައިޓް 1: 15 މެއިގައި 242 މީހުން
* ފްލައިޓް 2: 17 މެއިގައި 250 މީހުން
* ފްލައިޓް 3: 18 މެއިގައި 243 މީހުން
* ފްލައިޓް 4: 19 މެއިގައި 250 މީހުން

މެއި 15-18 ގައި ދަތުރު ކުރާނީ މީހުން ދަތުރުކުރާނީ، ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގަ އެވެ. އަދި މެއި 17-19 އަށް ދަތުރުކުރާ މީހުން ކުރާނީ ގައުމީ އެއާލަލައިން މޯލްޑިވިއަންގެ ފްލައިޓުގަ އެވެ.

ހައްޖާޖީން އެނބުރި ރާއްޖެއަށް އަންނަ ތާރީހުތައް ތާރީތަހުއް:

* ފްލައިޓް 1: 5 ޖޫންގައި 242 މީހުން
* ފްލައިޓް 2: 7 ޖޫންގައި 250 މީހުން
* ފްލައިޓް 3: 8 ޖޫންގައި 243 މީހުން
* ފްލައިޓް 4: 9 ޖޫންގައި 250 މީހުން

ޙައްޖުގެ ތައްޔާރީތައް އިސްލާމިކް މިނިސްޓްރީ އާއި ޙައްޖު މިޝަން އަދި ހައްޖު ކޯޕަރޭޝަން ގުޅިގެން އަންނަނީ ކުރަމުންނެވެ. ކުރިއަށް ގެންދަމުންނެވެ. މިއަހަރުގެ ހައްޖު ދުވަހަކީ މެއި 26 އެވެ. ޙައްޖުގެ ފަހުގެ ތައްޔާރީތަކަށް ޙައްޖު މިޝަން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ގަ އެވެ.

ރާއްޖެއަށް ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކު ވެސް ލިބެނީ، 1،000 ކޯޓާ އެވެ. އަދި މިހާރު ރާއްޖެ އަށް މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަންޏެވެ.