Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

މޫސާ ރަމީޒްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ އެވެ.

ރަމީޒް ވަނީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ހާއްސަކޮށް، ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް އޭނާ ކުރެއްވި އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފަ އެވެ.

"އަޅުގަނޑުގެ ދުއާއަކީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒް ލެހެއްޓެވުން،" ރައީސް ވިދާޅުވި އެވެ.