އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ޗާންދު މޭރާ ދިލްް" ގެ އާ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހުގެ 22 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ މި ޒުވާން ލޯބީގެ ފިލްމަކީ ވިވެކް ސޯނީގެ ޑައިރެކްޝަނެކެވެ.
"ޗާންދު މޭރާ ދިލް" ގެ ލީޑް ތަރިންނަކީ އަރަމުން އަންނަ ޒުވާން އެކްޓަރު ލަކްޝް އާއި އަނަންޔާ ޕާންޑޭ އެވެ މިއީ ދެ ތަރިން އެކީގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށްވުމުގެ އިތުރުން ސިނަމާތަކަށް އަންނަ ލަކްޝްގެ.ދެވަނަ ފިލްމެބެ. އޭނަ ބޮލީވުޑަށް ތައާރަފުވީ ދަރުމާގެ 2024 ގެ އެކްޝަން ފިލްމު "ކިލް" އިންނެވެ.
އުންމީދީ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ އަހަރު ގެނެސްދިން ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އިންނެވެ.
"ޗާންދު މޭރާ ދިލް" ގެ ޑައިރެކްޓަރު ވިވެކް އަކީ މިދިޔަ އަހަރުގެ ޖުލައިގައި ދަރުމާ އިން ނެޓްފްލިކްސް އަށް ގެނެސްދީގެން ގިނަ ބައެއްގެ ތަރުހީބު ލިބުނު ރޮމޭންޓިކް ކޮމެޑީ ޑްރާމާ "އާޕް ޖޭސާ ކޮއީ" ގެ ވެސް ޑައިރެކްޓަރެވެ.
އަނަންޔާ އެންމެ ފަހުން ވެސް ފެނިފައި ވަނީ ދަރުމާގެ ފިލްމަކުންނެވެ. އެއީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.