ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުގެ މެހުމާންދާރީ އާއި ހުރިހާ ޚަރަދެއް ހަމަޖައްސައި ދީފައި ވަނީ ސަޢޫދީ ސަރުކާރުން ކަމަށެވެ. އަދި ދަތުރާ ގުޅޭ ހުރިހާ ކަމެއް މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ދެ ކަނބަލުން ވެސް އުމްރާގެ އަޅުކަމުގެ އިތުރުން ހައްޖުގެ އަޅުކަން ވެސް އަދާކުރައްވާފައިވެ އެވެ.