Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ދެ ކިލޯގެ ޑްރަގްސް އަތުލައިގެންފި

ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިިން މިއަދު ބުނީ އަތުލައިގަތް މަސްތުވާތަކެއްޗަކީ މި މަހުގެ 1 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އެތެރެކުރި 2،174 ކިލޯގްރާމް ހަޝިޝް އޮއިލް ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.

މި ފަހަކަށް އައިސް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުކަން ފާހަގަކޮށްލެވެ އެވެ.