Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މިފްކޯ އިން މަސްދަޅުގެ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްދަޅު ވިއްކާ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

މިފްކޯއިން ބުނީ މިދިޔަ މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު، ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50ރ. ލާރިއަށް ކަމަށް ބުންޏެވެ. މިއީ ކުރީގެ އަގުން ރުފިޔާއެއްގެ ބޮޑުވުމެކެވެ.

ކުރިން މަސްދަޅު ވިއްކަމުން އައިސްފައިވަނީ، 17.50ރ. އަށެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށް ކަމަށް މިފްކޯއިން ބުންޏެވެ.

މިކަމާ ގުޅިގެން ބައެއް މީހުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އާންމުކޮށް ބޭނުންކުރާ އުފެއްދުންތަކަކީ މަސްދަޅުގެ ބާވަތްތަކެވެ. ހާއްސަކޮށް ތެޔޮމަސް ދަޅެވެ.

މިފްކޯ އިން މަސްދަޅުގެ އަގުބޮޑު ކުރި އިރު، ކުންފުނީގެ ހަރަދުތައް ކުޑަކުރަން ބައެއް ފިޔަވަޅުތައް އަޅައި މިހާރު އަންނަނީ އަމަލު ވެސް ކުރަމުންނެވެ.