Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ފެނަކަ އެމްޑީ ނަޖާހު މަގާމުން ވަކިކޮށްފި

ފެނަކަ ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހް.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުންނާއި ބޯޑު މެންބަރުކަމުން މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ. ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ނުބުނެ އެވެ.

ފެނަކައިގެ އެމްޑީގެ މަގާމަށް ނަޖާހު އައްޔަނުކުރީ ޑިސެމްބަރު މަހުގެ 23، 2024 ގަ އެވެ.

ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަނުކުރީ އެ މަގާމުގައި ކުރިން ހުންނެވި މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ.