Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ދޮގު ބުހުތާންގެ ނުބައިކަން!

އިފްތިރާ (الافتِراءُ) ގެ ބަހަވީ މާނަ: 'އިފްތިރާ' އަކީ އިފްތަރާ (افترى) މި ކަލިމައިގެ މަޞްދަރެވެ. އޭގެ މާނަ އަކީ ދޮގު ހެދުމެވެ. އަދި (فرى كذبًا) ބުނެވެނީ އަމިއްލައަށް ދޮގެއް ހަދައިގެން އުޅޭ މީހާއަށެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި، އިފްތިރާ އަކީ ބޮޑެތި ދޮގުތަކަށް ކިޔާ ނަމެކެވެ. މީހަކު ކަމެއްގައި ހައްދުފަހަނަޅައި ދިއުމުން (إنَّه ليَفري الفِرى) އޭ ކިޔައި އުޅެއެވެ.

(الافتِراءُ) ގެ އިޞްޠިލާޙީ މާނަ: އަލްއަސްކަރީ ވިދާޅުވެފައިވެއެވެ: "އިފްތިރާ އަކީ، އެމީހަކު ނުރުހޭފަދަ ދޮގު ވާހަކައެއް އެހެން މީހެއްގެ މައްޗަށް ނިސްބަތްކޮށް ހެދުމެވެ."

އަދި އައްސުޔޫޠީ ވިދާޅުވެފައިވެއެވެ: "އިފްތިރާ އަކީ އެއްވެސް އަޞްލެއް ނެތް ކަމެއް އަމިއްލައަށް އުފަންކުރުމެވެ."
ނުވަތަ އެއީ ޙަޤީޤަތަކަށް ނުވާނެ ކަންކަން އަމިއްލައަށް ހަދައިގެން ދެއްކުމެވެ. މީގެ ތެރޭގައި ބުނުން ހުއްދަ ނޫން ބަސްތަކާއި، ކުރުން ހުއްދަ ނޫން އަމަލުތައް ހިމެނެއެވެ.

ބުހުތާން (البُهتانُ) ގެ ބަހަވީ މާނަ: ބުހުތާނަކީ އަމިއްލައަށް ހަދައިގެން ދައްކާ ދޮގު ވާހަކައެވެ. މީހަކު ނުކުރާ ކަމެއް އޭނާ ކުރި ކަމަށް ބުނުމަށް 'ބަހަތަ' (بهت) އޭ ކިޔެއެވެ. 'ބަހީތާ' އަކީ އޭގެ ބާތިލްކަން ބޮޑުކަމުން، އެ އަޑުއަހާ މީހާ ހައިރާންކޮށްލާ ފަދަ ބާތިލް ވާހަކައެވެ. މީހެއްގެ ކުރިމަތީގައި އޭނާއާ ބެހޭގޮތުން ދޮގު ހެދުމަށް ވެސް މި ކަލިމަ ބޭނުންކުރެވެއެވެ.

ބުހުތާން (البُهتانُ) ގެ އިޞްޠިލާޙީ މާނަ: ބުހުތާނަކީ އެ އަޑުއަހާ މީހާ ކުއްލި ސިހުމަކާއި ހައިރާންކަމެއްގެ ތެރެއަށް ވައްޓާލާ ފަދަ ހުތުރުވެގެންވާ ދޮގުތަކެވެ. އެއީ ގަސްތުގައި ހަދާ ދޮގަކަށް ވާތީ، އެއީ 'އިފްކު' (إفك) އެއްގެ ގޮތުގައި ވެސް ބެލެވެއެވެ.
އަބޫ ހިލާލް އަލްއަސްކަރީ ވިދާޅުވެފައިވެއެވެ: "ބުހުތާނަކީ، މީހަކާ ކުރިމަތިލައި، އޭނާ ދެކޮޅު ހަދަހަދާ ހުއްޓާ ގަދަކަމުން އޭނާގެ ބޮލުގައި އަޅުވާ ދޮގު އިލްޒާމެވެ."
އަލްޤުރުޠުބީ ވިދާޅުވެފައިވެއެވެ: "ބުހުތާނަކީ، ތިބާގެ އަޚާ އެކަމަކުން ބަރީއަވެގެންވާ ހާލު، އޭނާގެ ކުރިމަތީގައި އޭނާގެ ބޮލުގައި ފާފައެއް ނުވަތަ ކުށެއް އެޅުވުމެވެ."

ކީރިތި ޤުރްއާން

މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. ﴿وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ ﴾ (سورة العنكبوت: 68)

މާނައީ: "ނަބީބޭކަލުންގެ މައްޗަށް ދޮގުހެދި މީހުންނާއި ބެހޭ ގޮތުން މާތް ވަޙީ ކުރައްވައިފައިވެއެވެ.

﴿وَقَالَ الَّذِينَ كَفَرُوا إِنْ هَذَا إِلَّا إِفْكٌ افْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ فَقَدْ جَاءُوا ظُلْمًا وَزُورًا﴾ (سورة الفَرْقان: 4)

މާނައީ: "މުއިމިނު ފިރިހެނުންނާއި އަންހެނުން ނުކުރާ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ނަޤުލު ކުރަމުންދާ މީހުންނާއި ބެހޭ ގޮތުން މާތް ވަޙީ ކުރައްވައިފައިވެ އެވެ.

﴿وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا﴾ (سورة الأحزاب: 58)

މާނައީ: "މާތް ﷲ ވަޙީ ކުރައްވައިފައިވެ އެވެ.

﴿يَا أَيُّهَا النَّبِيُّ إِذَا جَاءَكَ الْمُؤْمِنَاتُ يُبَايِعْنَكَ عَلَى أَنْ لَا يُشْرِكْنَ بِاللَّهِ شَيْئًا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَادَهُنَّ وَلَا يَأْتِينَ بِبُهْتَانٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِي مَعْرُوفٍ فَبَايِعْهُنَّ وَاسْتَغْفِرْ لَهُنَّ اللَّهَ إِنَّ اللَّهَ غَفُورٌ رَحِيمٌ﴾ (سورة الممتحنة: 12)

މާނައީ: "އޭ ނަބިއްޔާއެވެ! إيمان ވެގެންވާ އަންހެނުން ކަލޭގެފާނުގެ އަރިހަށް بيعة ހިފުމަށް އަންނަހިނދު، އެކަނބަލުން اللًّه އާ އެއްވެސް އެއްޗެއް شريك ނުކުޅައުމަށާއި، އެކަނބަލުން ވައްކަން ނުކުޅައުމަށާއި، އެކަނބަލުން ޒިނޭ ނުކުޅައުމަށާއި، އެކަނބަލުންގެ ދަރިން ނުމެރުމަށާއި، އަދި އެކަނބަލުންގެ އަތްތަކާއި ފައިތަކާ ދެމެދަށް بهتان ދޮގު ވާހަކައެއް ހަދައިގެން ނުގެނައުމަށާއި (އެބަހީ: ނަހަލާލު ކުދިން حلال ކުދިން ކަމުގައި ނުހެދުމަށާއި) އަދި އެއްވެސް ހެޔޮކަމެއްގައި ކަލޭގެފާނަށް އެކަނބަލުން އުރެދިނުގަތުމަށް، ފަހެ، ކަލޭގެފާނު އެކަނބަލުންނާ بيعة ހިއްޕަވާށެވެ! އަދި އެކަނބަލުންނަށް ފާފަފުއްސެވުންއެދި ކަލޭގެފާނު اللَّه އަށް ދަންނަވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."

ކީރިތި ރަސޫލާގެ ސުންނަތް

واثِلةَ بنِ الأَسْقَعِ رَضِيَ اللهُ عنه قال: قال رَسولُ اللهِ صلَّى اللهُ عليه وسلَّم: ((إنَّ مِن أعظَمِ الفِرى أن يَدَّعِيَ الرَّجلُ إلى غيرِ أبيه، أو يُريَ عينَه ما لَم تَرَ، أو يقولَ على رَسولِ اللهِ صلَّى اللهُ عليه وسلَّم ما لم يَقُلْ))

މާނައީ: "واثِلةَ بنِ الأَسْقَعِ رَضِيَ اللهُ عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلَّى اللهُ عليه وسلَّم ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން، އެންމެ ބޮޑެތި ދޮގުތަކުގެ (ނުވަތަ ބޮޑެތި ފާފަތަކުގެ) ތެރެއިންވާ ކަންތައްތަކަކީ، މީހަކު އޭނާގެ އަސްލު ބަފައިނޫން އެހެން މީހަކަށް ނިސްބަތްވުމާއި (އެބަހީ: އަމިއްލަ ނަސަބު އޮޅުވާލުމާއި)، އޭނާގެ ލޮލަށް ފެނިފައިނުވާ ކަމެއް ފެނުނުކަމަށް ބުނެ ދޮގު ހުވަފެން ކިޔައިދިނުމާއި، އަދި ރަސޫލާ صلَّى اللهُ عليه وسلَّم ޙަދީޘް ނުކުރައްވާ ބަހެއް އެކަލޭގެފާނަށް ނިސްބަތްކޮށް ބުނުމެވެ."

عائشةَ رَضِيَ اللهُ عنها قالت: قال رسولُ اللهِ صلَّى اللهُ عليه وسلَّم: ((أعظَمُ النَّاسِ فِريةً اثنانِ: شاعِرٌ يهجو القبيلةَ بأَسْرِها، ورجُلٌ انتفى من أبيه وزنَّى أمَّهـ))

މާނައީ: "މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝާގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلَّى اللهُ عليه وسلَّم ޙަދީޘްކުރެއްވިއެވެ. "އެންމެ ބޮޑު ދޮގުވެރި، އިފްތިރާ ހަދާ މީހުންނަކީ ދެ މީހެކެވެ. އެއީ މުޅި ޤަބީލާއަކަށް ނިސްބަތްކޮށް ހަޖޫޖަހައި (އައިބު ބަސްބުނެ) ޅެންހަދާ ޅެންވެރިޔާއާއި، އޭނާގެ ބަފާކަމުން ބަރީއަވެ (އެބަހީ: އެއީ އޭނާގެ ބައްޕަ ނޫންކަމަށް ބުނެ)، އޭނާގެ މަންމަގެ ބޮލުގައި ޒިނޭގެ އިލްޒާމް އަޅުވާ މީހާއެވެ."

أبي هُرَيرةَ رَضِيَ اللهُ عنه، أنَّ رسولَ اللهِ صلَّى اللهُ عليه وسلَّم قال: ((أتدرون ما الغِيبةُ؟ قالوا: اللهُ ورسولُه أعلَمُ، قال: ذِكْرُك أخاك بما يَكرَهُ، قيل: أفرأَيتَ إن كان في أخي ما أقولُ؟ قال: إن كان فيه ما تقولُ فقد اغتَبْتَه، وإنْ لم يكُنْ فيه فقد بهَتَّهـ))

މާނައީ: "أبي هُرَيرةَ رَضِيَ اللهُ عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلَّى اللهُ عليه وسلَّم (ޞަޙާބީންނަށް) ޙަދީޘް ކުރެއްވިއެވެ. "ޣީބަ ބުނުމަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟" އެބޭކަލުން ދެންނެވިއެވެ. " އާއި އެކަލާނގެ ރަސޫލާ ދެނެވޮޑިގަތުން ބޮޑެވެ. ޙަދީޘް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާގެ ކިބައިގައިވާ، އޭނާ ނުރުހޭ ފަދަ ކަމެއްގެ ވާހަކަ (އޭނާ ނެތް ތަނެއްގައި) ދެއްކުމެވެ." ދެންނެވުނެވެ. "އަޅުގަނޑު މިބުނާ ސިފައެއް ނުވަތަ ކަމެއް އަޅުގަނޑުގެ އަޚާގެ ކިބައިގައި ޙަޤީޤަތުގައިވެސް ހުރިނަމަ، އެއީ ކިހިނެއްވާނެތޯ އެވެ؟" ޙަދީޘް ކުރެއްވިއެވެ. "ތިބާ އެބުނާ ކަމެއް އޭނާގެ ކިބައިގައި ހުރިނަމަ، ތިބާ އެވަނީ އޭނާގެ ޣީބަ ބުނެފައެވެ. އަދި ތިބާ އެބުނާ ކަމެއް އޭނާގެ ކިބައިގައި ނެތްނަމަ، ތިބާ އެވަނީ އޭނާގެ މައްޗަށް ބޮޑުވެގެންވާ ދޮގުތުހުމަތެއް (އިފްތިރާއެއް) އުފައްދައިފައެވެ."

عُبادةَ بنِ الصَّامِتِ رَضِيَ اللهُ عنه -وكان شَهِد بَدرًا، وهو أحَدُ النُّقَباءِ ليلةَ العَقَبةِ-: أنَّ رسولَ اللهِ صلَّى اللهُ عليه وسلَّم قال وحولَه عصابةٌ من أصحابِه: ((بايِعوني على ألَّا تُشرِكوا باللهِ شيئًا، ولا تَسرِقوا، ولا تَزْنوا، ولا تقتُلوا أولادَكم، ولا تأتوا ببُهتانٍ تَفترونَه بَينَ أيديكم وأرجُلِكم، ولا تَعْصُوا في معروفٍ، فمَن وفى منكم فأجرُه على اللهِ، ومن أصاب من ذلك شيئًا فعوقِبَ في الدُّنيا فهو كفَّارةٌ له، ومن أصاب من ذلك شيئًا ثمَّ سَتَرَه اللهُ فهو إلى اللهِ؛ إن شاء عفا عنه، وإن شاء عاقَبَهـ))

މާނައީ: " ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި، އަދި ޢަޤަބާގެ ބައިޢަތުގެ ރޭގައި ހިމެނިވަޑައިގަތް ނަޤީބުންގެ ތެރެއިން އެއް ބޭކަލެއް ކަމުގައިވާ عُبادةَ بنِ الصَّامِتِ رَضِيَ اللهُ عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلَّى اللهُ عليه وسلَّم އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ޖަމާޢަތެއްގެ މެދުގައި ހުންނަވައި ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މިކަންކަމުގެ މައްޗަށް ބައިޢަތު ހިފާށެވެ (ވަޢުދުވެ އިޤުރާރުވާށެވެ). އެއީ: އަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމަށާއި، ވައްކަން ނުކުރުމަށާއި، ޒިނޭ ނުކުރުމަށާއި، ތިޔަބައިމީހުންގެ ދަރިން ގަތުލުނުކުރުމަށާއި، އަމިއްލައަށް ހަދައިގެން ބޮޑެތި އިތުރުފުޅުތަކާއި ބޮޑެތިބުހުތާނު ދޮގުތައް ނުފެތުރުމަށާއި، އަދި ހެޔޮކަންކަމުގައި (ތިމަންކަލޭގެފާނަށް) ނުކިޔަމަންތެރި ނުވުމަށެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ ވަޢުދަށް ވަފާތެރިވި މީހެއްގެ އަޖުރުވަނީ ގެ ހަޟުރަތުގައެވެ. އަދި އެއިން ކަމަކަށް އަރައިގަނެވި، ދުނިޔޭގައި އެކަމުގެ ޢުޤޫބާތް (ޙައްދު) ލިބިއްޖެ މީހާއަށް، އެއީ އެކަމުގެ ކައްފާރާއެކެވެ އަދި އެއިން ކަމަކަށް އަރައިގަނެވި، އެކަން ވަންހަނާކޮށް ދެއްވައިފި މީހާގެ ކަންތައް އޮތީ ގެ އިރާދަފުޅަށެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ އެމީހަކަށް ޢަފޫކުރައްވަފާނެއެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެމީހަކަށް ޢުޤޫބާތް ދެއްވަފާނެ އެވެ."

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.