ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މަގާމުން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އޭމަމަގާމުން ވަކިކުރީި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ޔޫއޭއީގެ ސަފީރު ކަމަށް މުންދު އައްޔަންކުރީ 2024 ގެ މެއި މަހުގެ ކުރީކޮޅު އެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިހާރު މުންދުގެ ނަން އުނިކޮށްފައިވާ އިރު، އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެ އެވެ.

މުންދު މަގާމުން ވަކިކުރީއިރު އޭނަގެ މަންމަ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ފޯން ކޯލެއްގެ ރެކޯޑިން އާންމުވެފައިވެ އެވެ. ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް މުއިއްޒަށް އެ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް އަސްމާ ވިދާޅުވެ އެވެ.