Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޚަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގެއް މަތިން ފެނިއްޖެ

Police
ފުލުހުން މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ- ފޮޓޯ: ފުލުހުން

އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގެއް މަތިން ފެނިއްޖެ އެވެ.

ފުލުހުން މިރޭ ބުނީ މިއަދު 18:18 އެހާކަންހާއިރު ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ. އެ މީހާ މިހާރުވަނީ އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.