އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުގެ އަގުބޮޑުކުރަން ނިންމައިފި އެވެ.
ވިލާ ހަކަތައިން ކަސްޓަމަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވަނީ، އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން އާއްމު ގޭބިސީތަކުގައި ބޭނުންކުރާ ސައިޒު ކަމަށްވާ، 10 ކިލޯގެ ގޭސްފުޅި ދެން ވިއްކާނީ 350ރ އަށް ކަމަށެވެ. މިހާރު ވިލާހަކަތައިން 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ، 200ރ އަށެވެ. އެހެން ކަމުން މިއީ ނިސްބަތުން 75 ޕަސެންޓް އަގު ބޮޑުވުމެކެވެ.
ވިލާއިން ތިން ސައިޒެއްގެ ފުޅީގައި ގޭސް ވިއްކަ އެވެ. މިގޮތުން އެކުންފުނިން މިހާރު، 4 ކިލޯގެ ކުޑަ ގޭސްފުޅި ވިއްކަނީ 90ރ އަށެވެ. 10ކިލޯގެ ފުޅި ވިއްކަނީ، 200ރ އަށެވެ. އަދި 22 ކިލޯފެ ގޭސްފުޅި 495ރއަށް ވިއްކާއިރު، 45 ކިލޯގެ އެންމެ ބޮޑެތި ގޭސްފުޅި ވިއްކަނީ، 1،170ރ އަށެވެ.
ވިލާހަކަތައަކީ، ރާއްޖޭގެ އާއްމު ގޭބިސީތަކަށް ކައްކާގޭސް ފޯރުކޮށްދޭ ހަމައެކަނި އަމިއްލަ ކުންފުންޏެވެ.