Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އެއް ފަހަރު ބޮނޑި ބޮވިއްޖެ، ބައިބައި ނުވަމާ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ އާންމު މެމްބަރުންގެ އެދުމަކީ ޕާޓީ ބައިބައި ނުވެ ކުރިއަށް ދިޔުން ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ކާމިޔާބު ލިބުނީ އަމިއްލަ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އާންމުން މެންބަރުންްގެ އެދުމަކީ ޕާޓީ ބައިބައިނުވެ ކުރިއަށް ދިއުން ކަމުގައި ޝާހީދު ވިދާޅުވި އެވެ.

"ދެ ރައީސުން ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުން އެއީ ޕާޓީގެ މެންބަރުންނަށާއި ޕާޓީއަށް ތާއީދުކޮށް ވޯޓް ދިން މީހުން މި ޕާޓީއަށް އިތުބާރުކުރާނެ ހަމައެކަނި ގޮތަކީ," ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެއް ފަހަރު "ބޮނޑި ބޮވިއްޖެ" ކަމުގައި ވިދާޅުވެ ދެން އެކަން ތަކުރާރު ނުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.