އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ރިޝްވާން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް އެމަޤާމުން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ސަރުކާރުގެ އިތުރު މަގާމުތަކުން ވެސް އިސް ބޭފުޅުންތަކެއް ވަކިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ހިމެނެ އެވެ.