Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހަޝިޝް އޮއިލް އެތެރެކުރީ އިންޑިއާގެ 2 އަންހެނަކު

ވައިގެ މަގުން ރާއްޖެ އަށް ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 1 ގައި ކަސްޓަމްސް އިން އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އެތެރެކުރި 2،174 ކިލޯގްރާމް ހަޝިޝް އޮއިލެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ޖެނިފާ ޕައުލް، 34، އުލްފަތު ރަސޫލް، 23، އެވެ.

މި ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.