Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ވޭމަންޑޫ ބިން ހިއްކައި ނިންމައިފި

ތ. ވޭމަންޑޫ ބިން ހިއްކަން ނިންމައިފި އެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން މިހާރު އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވޭމަންޑޫގެ ބިން ހިއްކައި ނިންމީ 23 ދުވަހުގެ ތެރޭގައި ކަމަށެވެ. އެ ރަށުން 27 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ މަސައްކަތް ފެށީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި ބިން ހިއްކައި ނިންމައިލީ މި މަހުގެ 4 ގަ އެވެ.

ވޭމަންޑޫ ބިން ހިއްކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިންނެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ވޭމަންޑޫން ބިން ހިއްކައި ނިމިފައިވާތީ މި މަޝްރޫއުގެ ދަށުން ދެން ކުރިއަށް ގެންދާނީ ހިއްކި ބިން ޙިމާޔަތްކު ރުމަށް، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމެވެ.

ބިމުގެ ދަތިކަން ކުރިމަތިވެފައި އޮތް ވޭމަންޑު އަކީ 1،300 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.