ސަރުކާރުގެ ސްކޫލްތަކުގައި ރިސްޓޮރޭޓިވް ޕްރެކްޓިސް (އާރްޕީ) އެކުލަވާލުމަށްޓަކައި ދިވެހި ކޮންސަލްޓަންޓެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޕްރޮޕޯސަލް ހުށަހަޅާނީ މި ލިންކް bit.ly/4bTCvm2 މެދުވެރިކޮށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން މި އީމެއިލް މެދުވެރިކޮށް ހޯދަން މިނިސްޓްރީން އެދެ އެވެ.