ކަރަން ޖޯހަރް ދަރުމާ ޕްރޮޑަކްޝަންގެ އާ ފިލްމު "ޗާންދު މޭރާ ދިލްް" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 22 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ މި ޒުވާން ލޯބީގެ ފިލްމަކީ ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ.
"ޗާންދު މޭރާ ދިލް" ގެ ޑައިރެކްޓަރަކީ ވިވެކް ސޯނީ އެވެ. އޭނަ އަކީ ދަރުމާ އިން މިދިޔަ އަހަރުގެ ޖުލައިގައި ނެޓްފްލިކްސް އަށް ގެނެސްދީގެން ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު ރޮމޭންޓިކް ކޮމެޑީ ޑްރާމާ "އާޕް ޖޭސާ ކޮއީ" ގެ ވެސް ޑައިރެކްޓަރެވެ.
"ޗާންދު މޭރާ ދިލް" އަކީ އަރަމުން އަންނަ ޒުވާން އެކްޓަރު ލަކްޝްގެ ދެވަނަ ފީޗާ ފިލްމެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ ދަރުމާގެ 2024 ގެ އެކްޝަން ފިލްމު "ކިލް" އިންނެވެ. އުންމީދީ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ އަހަރު ނެޓްފްލިކްސް އަށް ގެނެސްދިން މަގުބޫލު ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އިންނެވެ.
އަނަންޔާގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާ އިން މިދިޔަ އަހަރުގެ ޑިސެންބަރުގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.