Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މިއީ ހަމަހަމަކޮށް ކަމެއް ކުރާނެ ސަރުކާރެއް ނޫން

ކައުންސިލް އިންތިހާބުގައި އެމްޑީޕީން އައްޑޫގައި ހޯދި ކާމިޔާބީ ފާހަގަކުރަން އާދީއްތަ ދުވަހު ބޭއްވި ހަރަކާތުގެ ތެރޭގައި ނިޒާރު ވާހަކަ ދައްކަވަނީ. ފޮޓޯ/ އިބްރާހީމް އައްސަދު

މި ސަރުކާރަކީ ރައްޔިތުންނާ މެދު ހަމަހަމަކޮށް ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރަން ރޭ މާލޭގައި ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ ހޮނިހިރު ދުވަހުގެ ނަތީޖާއަކީ ވަރަށް ގިނަ ކަންކަން ގޯސްކޮށް އައި އައުން ހުއްޓުވަން ރައްޔިތުން ސަރުކާރަށް ދިން މެސެޖެއް ކަމަށެވެ. އަދި އެއީ ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ރައްޔިތުން ނިންމި ނިންމުމެއް ކަމަށާއި މި ސަރުކާރަކީ ރައްޔިތަކަށް ހަމަހަމަކޮށް ކަމެއް ކުރަން އެއްބަސް ވާނެ ސަރުކާރެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މޭޔަރުކަމުގެ ދެވަނަ ދައުރެއް ހޯއްދެވި ނިޒާރު ވިދާޅުވީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އައްޑޫގެ ނަތީޖާއިން ވެސް ބޮޑު ތަނުން ސަރުކާރަށް ވަރަށް ވަރުގަދަ މެސެޖެއް ދީފި ކަމަށާއި، އެއީ އެތައް ކަމެއްގެ ގޮންޖެހުން ރައްޔިތުން ތަހައްމަލު ކުރުމަށް ފަހުކަން ކަމަށް ވެސް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރާ ބައިވިއިރު، އައްޑޫގެ ކަރަންޓް މައްސަލަ އާއި، އައްޑޫގެ މަގުތައް މަތިން ނަޖިސް އެރުމުގެ މައްސަލަ ވެސް ހައްލު ނުވި ކަމަށާއި އެއީ ސީދާ ސަރުކާރުގެ އިހުމާލު ކަމަށެވެ.

އޭނަ ވިދާޅުވީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކެމްޕޭން މިދިޔަ ހުކުރު ދުވަހު ނިންމަވައިލައްވައި ރައީސް މުއިއްޒު ކައުންސިލްތައް އޮންނަންޖެ ހޭނީ ވެރިކަމުގެ ބާރުގެ ދަށުގައި ކަމަށް ވިދާޅުވި ވިދާޅުވުމަކީ ނުރައްކާތެރި މެސެޖެއް ކަމަށެވެ. ވިދާޅުވިއެ ވެ.

"ރައީސުން ބޭނުންވާ ގޮތަކަށް ނޫން، ރައްޔިތުން ބޭނުން ވަނީކީ އަތޮޅުތެރެ ހިންގަން. މި ނުރައްކާތެރި ވިސްނުމާ ދެކޮޅަށް ރައްޔިތުން ދާން އެބަޖެހޭ. ބާކީ އޮތް ދެ އަހަރު ތެރޭ ރައްޔިތުންނަށް ވާނެ ހެވެެއް ނޯންނާނެ މި ސަރުކާރަކުން،" ނިޒާރު ވިދާޅުވި އެވެ. "ރާއްޖޭގެ މުސްތަގުބަލު ހަލާކުވެއްޖެ ނަމަ ދެން އަތެއް ނުވާނެ. އެކަމުން މި ރާއްޖެ ދެހާސް އަށާވީހުގައި ސަލާމަތް ކުރަން ރައްޔިތުން އެބަޖެހޭ."