ހޮނިހިރު ދުވަހި ބޭއްވި ކައުންސިލް އިންތިހާބުން ޕީއެންސީ ބަލިވިޔަސް، އެ ޕާޓީގެ މެންބަރުން ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ގަދަކޮށް ކަމަށް އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން އުވައިލި ކުރީގެ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ގަދަކޮށް، ރައީސާ އެކު ތިއްބެވި ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ސަރުކާރަށް ލިބުނު ދަށް ނަތީޖާއާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުން ދެން ރަނގަޅު ކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.