Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މީދޫގެ މަގުތައް ހަދަން ފަށައިފި

ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަަށައިފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ މަސައްކަތް ރޯޑް ޑިވެލްޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ. މަގު ހެދުމުގެ މި މަޝްރޫއަށް 54 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ހޭދަކުރާނެ އެވެ.

މީދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 10 މަގެއްގައި ތާރު އަޅައިގެންނާއި ގާ އަތުރައިގެން ހަދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ތާރު އަޅައިގެން ތަރައް ހަދަން ނިންމާފައިވާ 8 މަގާއި، ގާ އަތުރައިގެން ހަދާ 2 މަގެވެ. އެގޮތުން ޖުމްލަ 3.8 ކިލޯ މީޓަރުގެ މަގު ހަދާ އިރު، މި މަސައްކަތް، 540 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އާރްޑީސީން ބުނީ މަގުތައް ހަދާއިރު ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެންހިންދާ ނިޒާމު ގާއިމުކޮށް، މަގުބައްތި ޖެހުމާއި، ކޭބަލްތައް ވަޅުލުމަށް ބޭނުންވާ ޖަންކްޝަންތަކާއި، ހޮޅިލަ އިންތައް ފަދަ ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ކުރެވޭނެ ކަމަށެވެ.