Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

އައްޑޫ ބިލަބޮންގް ސްކޫލް ރީބްރޭންޑްކޮށްފި

އައްޑޫގައި ހިންގަމުން އަންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ރީބްރޭންޑްކޮށްފި އެވެ.

ހިތަދޫގައި ހުންނަ އެ ސްކޫލް ރީބްރޭންޑްކުރީ ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލްގެ ނަމަށެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލްގެ އާ ނަން ލޯންޗްކޮށް ދެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.

މި ސްކޫލަކީ ކުރިން ހެލްތު މިނިސްޓަރުކަން ކުރެއްވި ހިތަދު އަށް ނިސްބަތްވާ ޝަކީލާ އިސްކޮށް ހުންނަވައިގެން ހިންގަވަމުން ގެންދަވާ ސްކޫލެކެވެ. އަދި އެ ސްކޫލަކީ އައްޑޫގައި ހުރި ހަމައެކަނި އިންޓަނޭޝަނަލް ސްކޫލް ވެސް މެ އެވެ.

ދެހާސް ބާރައިގައި ހުޅުވި މި ސްކޫލަކީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.

އައްޑޫގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ އިތުރުން ޝަކީލާގެ އާއިލީ ވިޔަފާރި ކުންފުނި ސިމްޑީ ގްރޫޕްގެ ފަރާތުން އައްޑޫގައި ހޮސްޕިޓަލެއް ވެސް ހިންގަމުންނެވެ. އެއީ 2009 އިން ފެށިިގެން ހިންގަމުން އަންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑަޔަގްނޯސްޓިކް ސެންޓާ (އައިއެމްޑީސީ) އެވެ.