އުރީދޫ ފިންޓެކް މޯލްޑިވްސް އިން އެމްފައިސާ މެދުވެރިކޮށް ތެޔޮ އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50ރ. ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20ރ. ރުފިޔާގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް ލިބޭނެ އެވެ.
އުރީދޫން ބުނީ މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އަދި ހޯކްސްގެ ތެޔޮ ޝެޑްތަކުން އެ ހިދުމަތް ލިބޭނެ ކަމަށެވެ.
މިއީ ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ތައާރަފުކުރި މި ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުންޏެވެ. އުރީދޫން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ތެޔޮ ވިއްކާ މަރުކަޒުތަކުގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން މި ހިދުމަތް ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ.
އެގޮތުން ޓްރާންސެކްޝަން ނިމުމާއެކު، ކޭޝްބެކް ފައިސާ ސީދާ އެމް ފައިސާ ވޮލެޓަށް ޖަމާވާނެ ކަމަށާއި މިއީ ދުވަހުން ދުވަހަށް ކުރާ ހަރަދުތައް މެނޭޖް ކުރުމުގައި ފަސޭހަކަމާއެކު ފައިސާ ސޭވް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.