Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ފެނަކައިގެ ޑީއެމްޑީ އާރިފް އިސްތިއުފާ ދީފި

ފެނަކަ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި ކުންފުނިތަކުގެ ބައެއް ވެރިން ވަކިކުރަން އިއްޔެ ވަނީ ފަށާފަ އެވެ.

އެގޮތުން އިއްޔެ ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވަކިކޮށްފަ އެވެ.

ފެނަކައިގެ ޑީއެމްޑީ އާރިފު އިސްތިއުފާ ދެއްވިއިރު، އެ ކުންފުނީގެ އެހެން އިސް ދެވެރިއަކު ވަނީ މިއަދު މަގާމުތަކުން ވަކިކޮށްފަ އެވެ. އެއީ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދާއި ޗީފް ރިސޯސަސް އޮފިސަރު އަބްދުﷲ ސަނޫން އެވެ.

ފެނަކައިގެ ޑީއެމްޑީއަކަށް އާރިފް އައްޔަން ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.