Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބުރޭ ވެސް ވަކިކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު ވެސް މަގާމުން ވަކިކޮށްފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަަބްދުލްޣަފޫރު މޫސާ ސޮއިކޮށް މިއަދު ވަހީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެ ދިނުމަށް ޗެއާޕާސަންގެ ނާއިބު (އިދާރީ) އާއި ޗެއާޕާސަންގެ ނާއިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަނުކުރަން ވާނެ ކަމަށް ބަޔާންކޮށް ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން އެ މާއްދާގައި ޗެއާޕާސަންގެ ނާއިބު ކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭ ކަމަށް ބުނެފައިނުވާތީ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނާއިބު އިދާރީ ކަމުން އިބްރާހިމް ވަހީދު ވަކިކޮށްފައިވާ ކަަމަށެވެ.

މީގެއިތުރުން މިއަދު ވަނީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުން އަހްމަދު މައުރޫފް ވެސް މަގާމުން ވަކިކޮށްފަ އެވެ.